Last Updated: June 21, 09:38
Saturday, June 21, 2025
މުނިފޫހިފިލުވުން

'ކިޔު ކީ ސާސް ބީ 2' ގެންނާނީ ނެޓްފްލިކްސް އަށް!

ސްޓާ ޕްލަސްގެ ކުރީގެ ސިލްސިލާ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ދެވަނަ ސީޒަނެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އެ ސީޒަން ގެނެސްދޭނީ ނެޓްފްލިކްސް އިން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ސީޒަން ޕްރީމިއު ކުރިތާ އަންނަ ޖުލައި މަހުގެ 3 އަށް 25 އަހަރު ފުރޭތީ އާ ސީޒަން ،ސްޓާ ޕްލަސް އިން ޕްރީމިއާ ކުރާނީ އެ ތާރީހުގަ އެވެ.

ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ސީޒަން ދޭއް ސްޓާ ޕްލަސް އަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް ގެނެސްދޭނީ ނެޓްފްލިކްސް އިން ބަލައިލެވޭ ގޮތަށެވެ. އެކަމަކު މި ސީރީޒާ ބެހޭ އެއްވެސް މައުލޫމާތެއް އެ އުފައްދާ އެކްތާ ކަޕޫރް ބަލާޖީން ރަސްމީކޮށް މިހާތަނަށް އަދި ދީފައި ނުވާތީ އެކަން ކަށަވަރެއް ނުވެ އެވެ.

ނަމަވެސް ބާލާޖީ އާއި ނެޓްފްލިކްސް ގުޅިގެން ގިނަ ކޮންޓެންޓްތަކެއް ގެނެސްދޭން އެެއްވަސްވެ، އެކަން މި މަހުގެ 7 ގައި އިއުލާންކޮށްފައިވެ އެވެ.

އެހެންވެ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ސީޒަން ދޭއް އެ ޕްލެޓްފޯމަށް ގެނައުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ސީޒަން ދޭއްގެ ކާސްޓްގައި ވެސް ފުރަތަމަ ސީޒަންގެ މައިގަނޑު ދެ ތަރިއަކު ހިމެނެ އެވެ. އެއީ ތުލްސީ ވިރާނީގެ ރޯލު ކުޅުނު އަދި މިހާރު އިންޑިއާގެ ސަރުކާރުގެ މިނިސްޓަރެއް ކަމަށްވާ ސުމިތުރީ އިރާނީ އާއި އަމަރު އުޕަދޭ އެވެ.

"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" އަކީ 8 އަހަރަށް ގެނެސްދިން އަދި ވަރަށް މަޝްހޫރުވި ސިލްސިލާއެކެވެ. ޖުލައި 3، 2000 އިން ފެށިގެން ނޮވެމްބަރު 6، 2008 އާ ހަމައަށް އޭގެ 1،833 އެޕިސޯޑް ގެނެސްދީފައިވެ އެވެ.