Last Updated: June 20, 10:40
Friday, June 20, 2025
ޚަބަރު

'މޫދު ފެސްޓް" ބާއްވަނީ

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި "މޫދު ފެސްޓް" ބާއްވަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދުވަސް ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، މާދަމާހުގެ ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައެި ހަރަކާތްތަެއް ފަށާނެ އެވެ. އެ ހަރަކާތްތައް މެންދުރު ފަހު 1:00 އިން ފެށިގެން ހަވީރު 5:00 އާއި ހަމައަށް ކުރިއަށް ގެންދާނެ ވެ.

އެގޮތުން ބާއްވާ "މޫދު ފެސްޓް" ގައި ކަނޑުގެ މައުލޫމާތު ދިނުމަށްޓަކައި ސްޓޯލްތަކެއް ހުންނާނެއެވެ. މި ފެސްޓިވަލްގައި މިނިސްޓްރީ އާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވާނެ އެވެ.

"މޫދު ފެސްޓް" ގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތު ހޯދައި ދިނުމަށް ހަމަޖެހިފައިވެ އެވެ.

"މޫދު ފެސްޓް" ފެށިގެން ދާނީ ޑައިވް ސެންޓަރުތަކާއި ގުޅިގެން ކުރިއަށް ގެންދާ ޑިސްކަވާ ޑައިވް ހަރަކާތުންނެވެ. އެ ހަރާކާތުގައި މިނިސްޓަރު އަހުމަދު ޝިޔާމާއި ދައުލަތުގެ އިސްވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިނިސްޓްރީން ވަނީ މި ހަރަކާތުގައި ވީހާ ވެސް ގިނަ ކުޑަކުދިން ބައިވެރިވުމުގެ ފުރުސަތަށް ހުޅުވާ؛ލައިފަ އެވެ.

މި ހަރަކާތަކީ ކުޑަކުދިންނަށް ކަނޑުގެ ރީތިކަން ދައްކާލުމާއި ކަނޑުގެ ދިރުންތަކުގެ މައުލޫމާތު ދެވޭނެ ގޮތަށް ހިންގާ ހަރަކާތެކެވެ. މީގެ މައިގަނޑު މަގްސަދަކީ ޒުވާނުންނާއި ކުޑަކުދިންނަށް ކަނޑާއި، ކަނޑުގެ ވެށި ހިމާޔަތްކުރުމަށް ބާރުއެޅުމެވެ. މި އިވެންޓުގައި ގިނަވެގެން 40 ކުދިންނަށް ބައިވެރިވެވޭނެ އެވެ.

އިވެންޓް ނިމުމުން ހުރިހާ ބައިވެރިންނަށާއި އިނާމާއި ހަނދާނީ ސެޓްފިކެޓް ވެސް ދޭނެ އެވެ.