Last Updated: July 8, 11:57
Tuesday, July 8, 2025
ޚަބަރު

4،000 ފްލެޓްގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ހުޅުމާލޭ ގައި ތަރައްގީ ކުރަމުން އަންނަ 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިލައްވައިފިއެވެ.

މި ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް އިއްޔެ ހަވީރު ރައީސް ކުރެއްވި ޒިޔާރަތުގައި، މަޝްރޫޢާ ބެހޭ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުއްވި އެވެ.

ހަތަރުހާސް ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދުވެލި ހަލުވިކުރައްވައި، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމަށްޓަކައި، މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުންގިނަ މަސައްކަތްތަކެއްކޮށްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ، މީގެ ތެރެއިން މަސައްކަތް މުޅީން ނިމޭ ޓަވަރުތަކުގައި މި އަހަރު މީހުން ދިރިއުޅެން ފެށުމެވެ.

އަދި މި މަޝްރޫޢު ވީހާ އަވަހަކަށް ނިންމަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އުސޫލާ އެއްގޮތަށް ޝަރުތު ހަމަވި ހުރިހާ ފަރާތްތަކަށް ވެސް ފްލެޓް ލިބޭނެކަމުގެ ޔަޤީންކަން، ރައީސް ދެއްވާފައިވެ އެވެ.