މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޅ. އަތޮޅުގައި ރިސޯޓެެއް ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
އެއީ ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ މެއްޔަފުށި މޯލްޑިވްސް ރިސޯޓެވެ. މިއީ ފުށިފަރު މޯލްޑިވްސް ވެސް ހިންގަމުން އަންނަ ބީކައިންޑް ހޮސްޕިޓާލިޓީން ތަރައްގީކުރާ ރިސޯޓެކެވެ.
ހިތްގައިމު މާހައުލެއް އެކުލެވޭ އެންމެ މި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މެއްޔަފުށި މޯލްޑިވްސް އަކީ ފަސްތަރީގެ ޕްރީމިއަމް އޯލް-އިންކްލޫސިވް ރިސޯޓެކެވެ. މި ތަނުގެ މަސައްކަތް ކުރިއަށްދާ ބީކައިންޑް އިން ބުނީ އަމާޒުކުރީ އޮކްޓޯބަރު 1 ގައި ރިސޯޓް ހުޅުވައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ފެށުން ކަމަށެވެ.
މެއްޔަފުށި މޯލްޑިވްސް އަކީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ) އިން ސީޕްލޭނުގައި 35 މިނެޓުގެ ދަތުރަކުން ދެވޭނެ ރިސޯޓެކެވެ.
މި ރިސޯޓަކީ ޖުމްލަ 95 ވިލާ/ސުއިޓެް ހިމެނޭނެ ރިސޯޓެކެވެ. މިއިން ކޮންމެ ވިލާއެއްވެސް ތަރައްޤީކުރަނީ އިންޑޯ-އައުޓްޑޯ ލިވިންގ ކޮންސެޕްޓަކަށެވެ. އޭގެ ތެރޭގައި ހަތަރު ކޮޓަރީގެ ރެޒިޑެންޝަލް އޯވަވޯޓަ ސުއިޓް ވެސް ހިމެނެ އެވެ.
ބީކައިންޑް ބުނި ގޮތުގައި މެއްޔަފުށި ރިސޯޓް ވަނީ އެންޓަޓައިނިން އަށް ޝައުގުވެރިވާ ޓޫރިސްޓުންނަށް ވަރަށް ވެސް ހާއްސަ ތަނަކަށެވެ.
މެއްޔަށްފުށި އޮކްޓޯބަރުގައި ހުޅުވާ އިރު، މާލެ އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރަށް ގިލި މޯލްޑިވްސް ރިސޯޓް ޑިސެމްބަރު މަހު ހުޅުވަން ހަމަޖެހިފައިވެ އެވެ. މިއީ ސިކްސް އެންޑް ސިކްސް ޕްރައިވެޓް އައިލެންޑްސް އިން ތަރައްގީކުރާ ރިސޯޓެކެވެ.