Last Updated: June 21, 11:04
Saturday, June 21, 2025
ޚަބަރު

ގުނަވަން ބަދަލުކުރުމުގެ ގާނޫނުގެ ޑްރާފްޓް ނިންމައިފި

ރާއްޖޭގައި ގުނަވަން ބަދަލުކުރުމާ ގުޅޭ ގާނޫނުގެ ފުރަތަމަ ޑްރާފްޓް ނިމިފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވީ އެ ޑްރާފްޓް އެކުލަވާލީ ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ސިއްހީ ދާއިރާގެ މާހިރުންގެ ލަފާގެ މަތިން ކަމަށެވެ. ނަމަވެސް ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އިތުރު މަޝްވަރާތަކެއް ކުރަން ޖެހޭ ކަމަށާއި މަޝްވަރާތައް ނިމުމުން މަޖިލީހަށް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ރާއްޖޭގައި ފެށުމަށްޓަކައި މި ގާނޫނެއް ފާސްވުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެފަދަ އޮޕަރޭޝަންތައް ކުރުމަށް ރާއްޖޭގެ އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑް ކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.