Last Updated: June 21, 10:50
Saturday, June 21, 2025
ދުނިޔެ

10 އަންހެނަކު ރޭޕްކުރި ޒުވާނަކު އުމުރަށް ޖަލަށް

ދިހަ އަންހެނަކު ރޭޕްކުރިކަމުގެ ކުށް ސާބިތުވެ ޗައިނާ އަށް ނިސްބަތްވާ ޒުވާނަކު އުމުރަށް ޖަލަށްލާން އިނގިރޭސިވިލާތުގެ އިނާ ލަންޑަން ކްރައުން ކޯޓުން ހުކުމްކޮށްފި އެވެ.

ސައުވީ އަހަރުގެ ޖަލު ހުކުމެއް އިއްވީ ޕީއެޗްޑީ އަށް ކިޔަވަމުން ދަރިވަރެއް ކަމަށްވާ ޒެންހާއޯ ޒޫ، 28، ގެ މައްޗަށެވެ. އޭނަގެ މައްޗަށް ގިނަ ބަޔަކު ރޭޕްކުރިކަމުގެ ކުށް ސާބިތުވި އިރު، އެ އަމަލު ހިންގާފައި ވަނީ ސެޕްޓެމްބަރު 2019 އާއި މެއި 2023 އާ ދޭތެރޭގަ އެވެ.

ޒޫ އަންހެނުންތަކެއް ރޭޕްކޮށްފައި ވަނީ މަސްތުވާތަކެތި ވެސް ދީގެންނެވެ.

އެގޮތުން ޗައިނާގައި ހަތް އަންހެނަކު ރޭޕްކޮށްފައިވާ އިރު، ލަންޑަނުގައި ތިން އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ޒޫގެ މައްޗަށް ސާބިތުވެފައިވެ އެވެ.

ޒޫ އަކީ އިނގިރޭސިވިލާތުގެ ކާސްލް އާއި އިލަފަންޓްގައި ދިރިއުޅެމުން އައި ޒުވާނެކެވެ.