ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަންގެ އާ ފިލްމު "ކާލީދާރު ލާޕަތާ" އަންނަ މަހުގެ 4 ގައި ޒީ5 އިން ޕްރީމިއާ ކުރަން ނިންމައި އޭގެ ޕޯސްޓަރު ވެސް ދައްކާލައިފި އެވެ.
މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީގެ ފިރިމީހާ ރަށްފުށުގެ ކެރެކްޓާއަކުން ފެންނާނެ މި ފިލްމަކީ މަދޫމީތާ ޑައިރެކްޓްކޮށްފައިވާ ޑްރާމާ ފިލްމެކެވެ.
މަގުބޫލު ފިލްމު "ކަލް ހޯ ނަ ހޯ" ގެ ޑައިރެކްޓަރު ނިކިލް އަދުވާނީ ޕްރޮޑިއުސްކޮށްފައިވާ "ކާލީދާރު ލާޕަތާ" ގެ ކާސްޓްގައި މުހައްމަދު ޒީޝާން އައްޔޫބާއި ދާދި ފަހުން އަބީޝެކާ އަޅުވާ ކިޔާފައިވާ ބަތަލާ ނިމްރަތު ކޯރް ހިމެނެ އެވެ.
އަބީޝެކްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ "ހައުސްފުލް 5" އެވެ. މި އަހަރު ރިލީޒްކުރި އަބީޝެކްގެ ފުރަތަމަ ފިލްމަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން މާޗްގައި ގެނެސްދިން "ބީ ހެޕީ" އެވެ.