Last Updated: June 22, 10:07
Sunday, June 22, 2025
ޚަބަރު

ފަސްޓްލޭޑީ ޖަމިއްޔާއެއް އުފައްދައިފި

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަވައިފި އެވެ.

އެކަމަނާ އުފެއްދެވީ ސިއްހީ ދާއިރާއިން މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އުފައްދެވިކަން ސާޖިދާ އިއުލާން ކުރެއްވީ ދުބާއީގައި މޭކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ގެ 7 ވަނަ ސަމިޓުގެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ދެއްކެވި ވާހަކައުގަ އެވެ.

ސާޖިދާ ވިދާޅުވީ އެ ޖަމިއްޔާ އުފެއްދެވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ. އަދި ފާއިތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެ ކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމިޓީ ބައްދަލުވުމުގައި ހުށަހަޅާފައިވެ އެވެ.