Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ވިޔަފާރިތަކަށް ހުޅުދޫން 16 ބިން ދޫކުރަނީ

ވިޔަފާރި އަށް އައްޑޫ ހުޅުދޫން 16 ބިން ކުއްޔަށް ދޭން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެ އަވަށުގެ އިންޑަސްޓްރިއަލް ޒޯނުން ބިން ދޫކުރަން ނިންމާފައި ވަނީ ތަފާތު ބާވަތްތަކުގެ ވިޔަފާރިތައް ހިންގުމަށެވެ. އޭގެ ތެރޭގައި ހޯލްސޭލް/ރީޓޭލް/ކެފޭ ރެސްޓޯރަންޓް ވިޔަފާރި އާއި ޑައިވް ސެންޓަރު/ވޯޓަ ސްޕޯޓްސް އާއި ކޮފީ ބާ/ކިއޮސްކް (ގާޑިއާ) ވިޔަފާރި އާއި ފުޑް ޕްރޮސެސިން އާއި ތެޔޮ ޝެޑާއި ގޭސް ގުދަން އަދި ގާ އެޅުމުގެ މަސައްކަތް ހިމެނެ އެވެ.

މިކަންމަށް ދޫކުރަން ނިންމާފައި ވަނީ 1،200-5،000 އަކަފޫޓްގެ ބިންތަކެވެ.

ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ބިންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 17 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވާން އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެ އެވެ. ރަޖިސްޓްރޭޝަނަށް 300ރ. ދައްކަން ޖެހެ އެވެ.

ރަޖިސްޓްރީވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.