Last Updated: June 10, 14:00
Wednesday, June 10, 2026
މުނިފޫހިފިލުވުން

އިމްރާންގެ 'ގްރައުންޑް ޒީރޯ' އެމެެޒޯން ޕްރައިމަށް

މިދިޔަ އެޕްރީލް މަހު ރިލީޒްކުރި އިމްރާން ހާޝިމީގެ އެކްޝަން ތުރިލާ "ގްރައުންޑް ޒީރޯ" މިއަދު އެމެޒޯން ޕްރައިމް ވީޑިއޯ އަށް ދޫކޮށްލައިފި އެވެ.

އެޕްރީލް މަހުގެ 25 ގައި ރިލީޒްކުރި ފިލްމަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސަލް އެންޓަޓައިންމަންޓަށް ތޭޖާސް ޕްރަބާ ވިޖޭ ޑިއޯސްކަރް ޑައިރެކްޓްކުރި ފިލްމެކެވެ.

ކަޝްމީރުގައި ހިނގާފައިވާ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ހަދާފައިވާ "ގްރައުންޑް ޒީރޯ" ގައި އިމްރާން ކުޅެފައި ވަނީ ސިފައިންގެ މީހެއްގެ ރޯލެވެ.

މީގެ ކާސްޓްގައި ސާއީ ތަމްހާހަރް، ޒޯޔާ ހުސައިން، މުކޭޝް ތިވާރީ އަދި ލަލިތު ޕްރަބާކަރް ހިމެނެ އެވެ.