Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

ވީއައިއޭގެ އާ ޓާމިނަލް މިނިވަން ދުވަހު ހުޅުވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް އަންނަ މަހުގެ 26 ގައި ހުޅުވަން ނިންމައިި އެކަމަށް ހާއްސަ ކައުންޓްޑައުންއެއް ފަށައިފި އެވެ.

އެ އެއާޕޯޓް ހިންގާ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އން ފެށި މި ކައުންޓްޑައުން ދޭ ފައްޓަވައި ދެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދެވެ.

ޓާމިނަލް ހުޅުވުމުގެ ކައުންޓްޑައުން ފެށީ 35 ދުވަސް ކުރިންނެވެ.

ޝަރީފް ވަނީ އާ ޓާމިނަލް ހުޅުވުމަށް ކުންފުނީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ތައްޔާރީތައްވަމުން އަންނަކަން ފާހަގަކުރައްވައިފަ އެވެ. އަދި އާ ޓާމިނަލް ހުޅުވުން ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރުމަށާއި، މިކަމުގައި މިސާލު ދެއްކެވުމަށްހުރިހާ މުވައްޒަފުންނަށް ސީއީއޯ ގޮވާލެއްވި އެވެ.