Last Updated: June 22, 10:25
Sunday, June 22, 2025
ޚަބަރު

އެކްސިޑެންޓްވުމުން ފިލި މީހަކު ހޯދައި ހައްޔަރުކޮށްފި

ހުޅުމާލޭ މަގެއްގައި ހިނގާފައި ދިޔަ މީހެއް ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ފިލި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މަހގެ 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ނިރޮޅުމަގު، އައިއޯއެން ފިހާރަ ކުރިމަތީގައި އޮންނަ ޒިބްރާ ކްރޮސްގައި ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކުރީ ގއ. މާމެންދޫ، މޫންލައިޓްވިލާ، މުހައްމަދު ނާޝިއު، 20، އެވެ.

ކޯޓް އަމުރެއްގެ ދަށުން ބުރާސްފަތި ދުވަހު އޭނަ ހައްޔަރުކުރި އިރު، އެކްސިޑެންޓްގައި އަނިޔާވި 54 އަހަރުގެ މީހަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ފުލުހުން ބުންޏެވެ. އަދި އެ މީހާށް ސީރިއަސް ޒަހަމްތަކެއް ވެސް ލިބިފައިވެ އެވެ.

ފުލުހުން ބުނީ މުހައްމަދު ނާޝިއު އަތުގައި ލައިސަންސް ނެތް ކަމަށާއި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ހަ ދުވަސް ޖަހާފައިބާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.