Last Updated: June 22, 09:31
Sunday, June 22, 2025
ޚަބަރު

ދެން ފެންނާނީ ޕީއެންްސީ މެންބަރުން އެމްޑީޕީއާ ގުޅޭ ތަން

ދެން ފެންނާނީ ސަރުކާރު ހިންގާ ޕީއެންސީގެ އިސް ބޭފުޅުން ވެސް އެމްޑީޕީއާ ގުޅޭތަން ކަމަށް އެމްޑީޕީގެ ރައީސް އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އޭނަ އިސްކޮށް ހުންނަވައިގެން ޕާޓީގެ ޓީމަކާ އެކު ފުވައްމުލަކަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅު ޕީއެންސީގެ އިސް ބޭފުޅުން މިހާރު ވެސް އެމްޑީޕީއާ ގުޅެބް ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެހެންވެ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެން ނިންމި ވާހަކަތައް އިވުނު ގޮތަށް ދެން އިވޭނީ ޕީއެންސީގެ ބޭފުޅުން އެމްޑީޕީއާ ގުޅޭ ވާހަކަ ކަމަށްވިދާޅުވިއެވެ.

"ރޭ ނުން އިހަށް ރޭ އިވުނީ ޑިމޮކްރެޓްސް އަޅުގަނޑުމެންނާ ގުޅެމުންދާ ވާހަކަ. ދެން އިވިގެންދާނީ ޕީއެންސީގެ ބޮޑެތި ބޭފުޅުން އަޅުގަނޑުމެންނާ ގުޅިގެންދާ ވާހަކަ، އިރާދަކުރެއްވިއްޔާ." ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުން މަގުފުރެއްދުމަށް ދޮގު ވިއްކަން އުޅުއްވި ދުވަސް މިހާރު ނިމިއްޖެ ކަމަށެވެ. އެހެންވެ ސަރުކާރަށާއި ޕީއެންސީ އަށް ރައްޔިތުން ކުރި އިތުބާރު މިހާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ އަބަދު ވެސް ރައްޔިތުންނަށްޓަކައި އިހުލާސްތެރިކަމާ އެކު މަސައްކަތް ކުރާނެ ޕާޓީއަކީ އެމްޑީޕީ ކަމަށާއި ކުރިމަގެއް އޮތީ ވެސް އެ ޕާޓީގައި ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕާޓީ އަށް ވަންނަ އިތުރުވާ މަންޒަރު ފެންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.