Last Updated: June 23, 10:02
Monday, June 23, 2025
ޚަބަރު

ފުޑް ކާނިވަލުން ލިވަޕޫލްގެ ލެޖެންޑަކާ ބައްދަލުކޮށްލެވޭނެ

އަންނަ ހަފުތާގައި ފަށާ 'މޯލްޑިވްސް ފުޑް ކާނިވަލް' ގައި ލިވަޕޫލްގެ ފޭން ޒޯނެއް ހިމަނަން އެމްއެމްޕީއާރުސީން ނިންމައިފި އެވެ.

މި މަހު 25-28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ބާއްވާ ކާނިވަލަށް ތައްޔާރުކުރާ ލިވަޕޫލްގެ ފޭން ޒޯނަކީ، އެމްއެމްޕީއާރުސީން އެ ކުލަބާ އެކު ގާއިމްކޮށްފައިވާ 'ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަޝިޕް' ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެގޮތުން ކާނިވަލް ފަށާ ދުވަހު ލިވަޕޫލް ފޭން ޒޯނުގައި އެ ކުލަބުގެ ލެޖެންޑެއް ކަމަށްވާ ޑާކް ކައުޓް، 44، އާ ބައްދަލު ކުރުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ އެވެ. އެމްއެމްޕީއާރުސީން ބުނީ ލިވަޕޫލް ފޭން ޒޯނުން މީހުން ޝައުގުވެރިވާ ފަދަ ގިނަ ހަރަކާތްތައް ފެންނާނެ ކަމަށެވެ. އެ

ފޭން ޒޯނުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ލައިވް މިނީ ގޭމްސްތަކެއް ހިމެނެ އެވެ. މީގެ އިތުރުން ވީޑިއޯ ބޫތެއް ބޭނުންކޮށްގެން އެ މީހަކަށް އެންމެ މަގުބޫލު ލިވަޕޫލް ކުޅުންތެރިންނަށް މެސެޖު ފޮނުވުމާއި ކުޅުންތެރިންގެ ލައިފް ސައިޒް ކަޓްއައުޓްތަކާ އެކު ސެލްފީ ނެގުން ފަދަ ކަންކަން ވެސް އެ ފޭން ޒޯންގައި ކުރެވޭނެ އެވެ.

ކާނިވަލްގެ ތެރެއިން ލިވަޕޫލްގެ ދެ ޖާޒީ ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މެގަޒިން ގުޅިގެން ބާއްވާ 'މޯލްޑިވްސް ފުޑް ކާނިވަލް' އަކީ ރާއްޖޭގެ އެފްއެންބީގެ ބޮޑު އިވެންޓެކެވެ.