Last Updated: July 17, 06:30
Friday, July 17, 2026

މި އަހަރު އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމު "އަބަދަށް" ގެ ޑައިރެކްޓަރު މޫމިން ފުއާދު އަނެއްކާ ވެސް ވެބް ސީރީޒެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ބައިސްކޯފަށް އޭނަ މި ފަހަރު ގެނެސްދޭން އުޅެނީ "ޗާލާކީ" އެވެ. މީގެ ޓީޒާއެއް ވެސް މިހާރު އާންމުކޮށްފައިވާ އިރު، ސީރީޒް ޕްރީމިއާކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މޫމިން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ "ޗާލާކީ" ގެ ކާސްޓްގައި "އަބަދަށް" ގައި ވެސް މުހިއްމު ރޯލުތަކެއް ކުޅުނު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދުގެ އިތުރުން އަހުމަދު ސައީދު، އިސްމާއީލް ޖުމައިހް، އިފްނާޒް ފިރާގު އަދި މޫސާ އަލީފް ހިމެނެ އެވެ.

ކުޅަދާނަ ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މޫމިން ކުރިން ވެސް ވެބް ސީރީޒްތަކެއް ގެނެސްދީފައިވެ. އޭގެ ތެރޭގައި "ގަމިނި" އާއި "ނެތީމޭ" ހިމެނެ އެވެ.

އޭނަގެ ފީޗާ ފިލްމުތަކުގެ ތެރޭގައި "ލޫދިފާ"، "ހެޕީ ބާތުޑޭ' އަދި "ނިވައިރޯޅި" ހިމެނެ އެވެ.