Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އައްޑޫ ފްލޯޯޓިން ރެސްޓޯރަންޓް ހަދަން ހަވާލުކޮށްފި

އައްޑޫ ހިތަދޫގައި ހަދަން ނިންމާފައިވާ ފްލޯޓިން ރެސްޓޯރަންޓް ޕްރޮޖެކްޓް ކައުންސިލުން ބަޔަކާ މިއަދު ހަވާލުކޮށްފި އެެވެ.

ފްލޯޓިން ރެސްޓޯރަންޓާ އެކު އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ޒަމާނީ ވަސީލަތްތަކާ އެކު ތީމް ޕާކެއް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ހަވާލުކުރީ އީއޭޖީ ފައިނޭންސް, މޯލްޑިވްސް ޓްރެވެލް ކްލަބާ އެވެ.

ނަމަވެސް މި މަޝްރޫއުގެ އަގާއި އެ ނިންމަން ކަނޑައެޅި މުއްދަތާ ބެހޭ ތަފުސީލެއް ކައުންސިލުން ނުދެ އެވެ.

ހިތަދޫގައި ފްލޯޓިން ރެސްޓޯރަންޓަކާއި ތީމެއް ޕާކެއް ގާއިމު ކުރަން ނިންމައި މިކަން ކައުންސިލުން ބީލަމަށްލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެގޮތުން ހިތަދޫ މަޝްރޫއަށް ހިތަދޫން ބިން ދޫކުރަން ނިންމީ 20 އަހަރުގެ މުއްދަތަކަށެވެ.