މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ހުސްވެފައިވާ ތިން ގޮނޑިއަށް މެންބަރުން މިއަދު އިންތިހާބުކޮށްފި އެވެ.
އެމްއެމްސީގެ ބައި-އިލެކްޝަން ކުރިއަށް ދިޔައީ މިއަދު ހެދުނު ސޯޝަލް ސެންޓަރުގަ އެވެ. އިންތިހާބުކޮށްފައި ވަނީ މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނާއި އާންމުން ތަމްސީލު ކުރާ މެންބަރެކެވެ.
މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮނޑިއަށް ހޮވުނީ "ދައުރު" ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމާއި "އަދަދު" ނޫހުގެ ލީވާން އަލީ ނާސިރު އެވެ. މުޒައްޔިނަށް އިންތިހާބުގައި 50 ވޯޓު ލިބުނު އިރު ލީވާނަށް ލިބުނީ 48 ލިބުނެވެ.
އެ ދެ ގޮނޑިއަށް ދެން ވާދަކުރި މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު ވޯޓެވެ.
އާންމުން ތަމްސީލުކުރާ ގޮނޑިއަށް ހޮވުނީ ލ. ގަން، ތުނޑި ލިންކް، ހައްވާ ވަޖުދާ އެވެ. އޭނާއަށް 38 ވޯޓު ލިބުނު އެންމެ ކައިރިން ވާދަކުރި ހދ. ވައިކަރަދޫ، ލިލަކް، ނަހްދާ އާދަމް އަށް ލިބުނީ 12 ވޯޓެވެ.
އެމްއެމްސީގެ ގޮނޑިތަކެއް ހުސްވީ މިދިޔަ ޑިސެ،މްބަރު މަހުގެ ތެރޭގައި އޭރު އިންތިހާބުވި މެންބަރުންގެ ތެރެއިން ތިން މެންބަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މިއަދު ވޯޓުލުން ކުރިއަށް ގެންދިޔައީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވޯޓުލާ ދުވަސް ބަދަލުކުރުމަށް ފަހު، ކެންޑިޑޭޓުންނަށް ކުރިމަތިލާން އަލުން ފުރުސަތު ވެސް ދިނުމަށް ފަހު އެވެ.