Last Updated: June 23, 09:50
Monday, June 23, 2025
ޚަބަރު

މަަރަދޫފޭދޫ ކުޑަކުދިންގެ ޕާކް ހަދަން ލިފްޓެޑަށް

އައްޑޫ މަރަދޫފޭދޫ ކުޑަކުދިންގެ ޕާކް ތަރައްގީ ކުރަން ކައުންސިލުން ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ ލިފްޓެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ކައުންސިލުން ބުނީ އެ ކުންފުންޏާ މިކަން ހަވާލުކުރީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.

މިކަމަށް ހަރަދު ވާނީ 381,030ރ. ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މަރަދޫފޭދޫ ކުޑަކުދިންގެ ޕާކް ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރި އިރު، އެ ޕާކަކީ ސްކޭޓް ޕާކެއްގެ ގޮތުގައި ތަރައްގީކުރާ ތަނެކެވެ. އެގޮތުން އެތަނުގެ ސްކޭޓިން ޕްލެޓްފޯމްގެ މަސައްކަތް އޮތީ ނިންމައިފަ އެވެ.