Last Updated: June 23, 10:19
Monday, June 23, 2025
ޚަބަރު

އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް ފަށައިފި

މި އަހަރުގެ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް ކުޅުދުއްފުށީގައި މިއަދު ފަށައިފި އެވެ.

މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 26 އަށް ކުޅުދުއްފުށި ސްޓޭޑިއަމްގަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތުގައި، ހއ، ހދ އަދި ށ އަތޮޅުގެ ޖުމްލަ 21 ސްކޫލަކުން 774 އެތުލީޓުން ވާދަކުރެ އެވެ.

ޖުމްލަ 108 އިވެންޓް މުބާރާތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، 8 އުމުރުފުރަކުން ދަރިވަރުން ވާދަކުރެ އެވެ.

މިދިޔަ އަހަރު އިންޓަ-ސްކޫލް އެތުލެޓިކްސް މީޓް ބޭއްވީ އައްޑޫގަ އެެވެ. އެގޮތުން އެ އަހަރުގެ ފެބްރުއަރީ 11-16 އަށް ބޭއްވި މުބާރާތުގައި 31 ސްކޫލަކުން ވާދަކުރި އެވެ.