ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ ސަބަބުތައް ދެނެގަންނަން އެސެސްމަސްޓެއް ހަދަން ނިންމައިފި އެވެ.
ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާއަށް ބަލާއިރު ބޮޑު ތަފާތެއް އެބައޮތް ކަމަށާއި އެކަން ދެނެގަންނަން އެސެސްމެންޓެއް ހަދަން މިހާރު ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ "މަތީ އަރުތަވެރިން އިނާމު" ދޭން މިއަދު ބޭއްވި ދެވަނަ ދަންފަޅީގަ އެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު އޭ ލެވެލް އަށް ކިޔަވަމުން އަންނަ ދަރިވަރުން، އޯ ލެވެލް ހެދިއިރު، ޖުމްލަ 7،772 ދަރިވަރުން ބައިވެރިވި ކަމަށާއި އޭގެ ތެރެއިން ފަސް މާއްދާއިން ފާސްވީ އެންމެ 46 ޕަސެންޓް އް ދަރިވަރުން ކަމަށެވެ. އަދި ފާސްވި ދަރިވަރުންގެ ފިރިހެން ކުދިންގެ ނިސްބަތަކީ 44 ޕަސެންޓް ކަމަށާއި އަންހެން ކުދިންގެ ނިސްބަތަކީ 56 ޕަސަންޓް ކަމަށް ވިދާޅިވި އެވެ.
"ފުދޭވަރެއްގެ ބޮޑު ގެޕެއް އެބަ ފެނޭ އަންހެން ދަރިވަރުންނާއި ފިރިހެން ދަރިވަރުންގެ ތެރޭގައި" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ،1980 ވަނަ އަހަރު އަސާސީ ތައުލީމުގެ މަޝްރޫއު ފެށިއިރު ފެންނަން ހުރި ރިޕޯޓްތަކަށް ބަލާއިރު 60 ޕަސެންޓް އަންހެނުންނަށް ލިޔަންކިޔަން ވެސް ނޭނގޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ސާނަވީ ނިންމާ މަރުހަލާގައި ދެ ޖިންސްގެ ދަރވަރުން ނެރޭ ނަތީޖާ އިން ބޮޑެތި ފަރަގުތައް އަންނަަ ނނަމަ ނަމަ މުސްތަގުބަލުގައި ގޮންޖެހުންތައް ހުންނާނެ ކަމަށާއި ފިރިހެން ކުދިންގެ ނަތީޖާ މިހާރަށް ވުރެ ރަނގަޅުކޮށް އަންހެން ކުދިންނާ އެއް ހަމައަކަށް ގެނައުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީގެ ތެރެއިން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
އެ މަސައްކަތް ނުކުރާ ކަމަށް ވަނީނަ މަ އޭގެ ނެގެޓިވް އިމްޕެކްޓް ދިވެހިރާއްޖެއަށާއި ލޭބަރފޯސްއަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.
" މީގެ ނަތީޖާއަކަށް ވެގެން މި ދަނީ މަތީ ސާނަވީގައި ބައިވެރިވާ ދަރިވަރުންގެ އަދަދަށް ވެސް ތަފާތު ތަކެއް އައުން." މިނިސްޓަރު ވިދާޅުވިއެވެ. "މި ފުރުޞަތުގައި ހުރިހާ އަންހެން ދަރިވަރުންނަށް މުބާރިކްބާދީ ދަންނަވަން، އެކުދިން އެކުރާ ހިތްވަރަށް. ފަށްފަށުން ޝުކުރު ދަންނަވަން."
ފިރިހެން ދަރިވަރުންނާއި މުދައްރިސުންނާއި ޕްރިންސިޕަލުންނާއި ޕޮލިސީ ލެވެލްގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ނަސޭހަތެއްގެ ގޮތުގައި މިނިސްޓަރު ގޮވާލެއްވީ، ތައުލީމީ ނިޒާމް ވާންޖެހޭނީ ހަމަހަމަ ފުރުޞަތުތަކެއް އޮތް ތަޢުލީމީ ނިޒާމަކަށް ކަމަށެވެ. އެވެސް ބަޔަކު ފެއިލްވެގެން އެއްވެސް ގުރޫޕެއް ދަރިވަރުންތަކެއް ފެއިލެވެގެންދާ ނިޒާމަކަށް ތައުލީމީ ނިޒާމް ވެގެން ނުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އަންހެން ދަރިވަރުން ކަމަށް ވިޔަސް އަދި ފިރިހެން ދަރިވަރުން ކަމުގައި ވިޔަސްމެ އަދި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުން ކަމަށް ވިޔަސް ތަޢުލީމީ ނިޒާމް ބައްޓަންވެފައި އޮންނަން ވާނީ އިންކުލޫސިވްކޮށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކުރިއަށް މިއޮތް ދުވަސްތަކުގައި ފިރިހެން ކުދިންގެ ނަތީޖާ ދަށްވާން ދިމާވާ ސަބަބުތައް ދެނެގަތުމަށް މި އަހަރުގެ ތެރޭގައި ރެޕިޑް އެސެސްމަންޓެއް ހައްދަވާނެ ކަމަށެވެ.
"ފަހަރުގައި ވެދާނެ ކަރިކިއުލަމުގެ ތެރޭގައި ހުރި މައްސަލަތަކެއް ކަމުގައި ވެސް، ނޫނީ ކިޔަވައިދިނުމުގެ ވައްޓަފާޅީގައި ކުދިން ބާކީކުރެވިގެން ކަމަށް ވެސް. ނޫނީ ކޮމިއުނިޓީ ލެވެލްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ކަމަށް ވެސް." މިނިސްޓަރު ވިދާޅުވި އެވެ.
އަދި އެ ސެސްމަންޓްގެ އަލީގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައި ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ނަތީޖާ ހަމަހަމަ ނަތީޖާއެއްގެ ގޮތުގައި ބައްޓަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.