Last Updated: June 23, 09:53
Monday, June 23, 2025
ޚަބަރު

ދަރުމަވަންތަ އާއި ޗައިނާގެ ހޮސްޕިޓަލެއްގެ އެެއްބަސްވުމެއް

ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޗައިނާގެ ސޫޗައު ޔުނިވަސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅެެއް ކަމަށާއި މިއީ ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަން ވެސް އިތުރަށް ލިބޭނެ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީންވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެ އެވެ.

ޗައިނާގެ ހޮސްޕިޓަލަކާ އެކު ކުޑަކުދިންގެ ސާޖިކަލް ކެއާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާއިރު ވިލިމާލޭގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލު ހަދަނީ ވެސް ޗައިނާގެ ހިލޭ އެހީގައިކަން ފާހަގަކޮށްލެވެ އެވެ.