Last Updated: August 17, 00:01
Saturday, August 16, 2025
ޚަބަރު

ސެލޫން އެއްގައި މަސައްކަތް ކުރާ ބިދޭސީން އަތުން ފޭރުނު ކުއްޖަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސެލޫނެއްގައި މަސައްކަތް ކުރާ ބިދޭސީންތަކަކަށް ބިރު ދައްކައި ފޭރުނު ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ފުލުހުންނަށް މިމައްސަލަ ރިޕޯޓްކޮށްފައި ވަނީ ރޭ 9:00 ޖަހާ ހާ އިރު ކަމަށެވެ.އޮފިޝަލް ވިދާޅުވި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާއަކީ ކުށުގެ ރެކޯޑް އޮންނަ ކުއްޖެއް ކަމަށް އެނގިފައިވެ އެވެ.

ކުޑަކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އޭނާގެ އަތުން ބިދޭސީންގެ އަތުން ފޭރުނު ކަމަށް ބެލެވޭ 145ރ. ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.