Last Updated: June 23, 10:33
Monday, June 23, 2025
ޚަބަރު

'ހޯޕް އައިލޭންޑް' 2027 އަށް ނިންމަނީ

އަމާޒަކީ 2027 ވަނަ އަހަރު ނިމުމުގެ ކުރިން 'ހޯޕް އައިލެންޑް" ގެ މަސައްކަތް ނިމި ކުޑަކުދިންނަށް ލިބެން ޖެހޭ ފަރުވާގެ ކަންކަން ފެށިގެން ދިޔުން ކަމަށް ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވެއް ޖެއެވެ.

މިއީ ކުށުގެ ވެށީގައި އުޅޭ ކުދިން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ މަސައްކަތްތަކަށް ޤާއިމުކުރާ ތަނެކެވެ. މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުންނެވެ. އެގޮތުން ތިން ގައުމެއްގެ ހަތަރު ކުންފުންޏަކުން މިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެމެރިކާ އާއި މެލޭޝިއާ އަދި ކުންފުނިތަކެއް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އިހްސާން ވިދާޅުވީ "ހޯޕް އައިލެންޑް" އާ ގުޅޭ މަސައްކަތުގެ ދަށުން ރަށް ހެދުމަށްޓަކައި ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ބީލަންތަ،ުެ ތަފްސީލްތައް މި މަހުގެ 25 ގައި ލިބޭނެ ކަމަށެވެ.

"އެ އިވެލުއޭޓް ކުރުމަށް ފަހު އަޅުގަނޑުމެން މަސައްކަތް ބަޔަކާ ހަވާލު ކުރާނަން. ޓާގެޓަކީ ދެހާސް ހަތާވީސް ވަނަ އަހަރު ނިމެންވާ އިރަށް މި ރަށް ގާއިމުކޮށް ކުޑަކުދިންނަށް ލިބެން ޖެހޭ ޚާއްސަ ފަރުވާ ފެށުން." މިނިސްޓަރު ވިދާޅުވި އެވެ.

ހޯޕް އައިލެންޑްގެ މަސައްކަތަށް 15 ހެކްޓަރުގެ ބިން ހިއްކުމަށް މަޖެހިފައެވެ. މިއީ ފެސިލިޓީގައި މަސައްކަތްކުރާ ފަރާތްތައް ހިމެނޭހެން ޖުމްލަ 700 މީހުންނަށް ތިބެވޭ ގޮތަށް ތަރައްޤީކުރާ ފެސިލިޓީއެކެވެ. އެތަނުގައި ރެޒިޑެންޝަލް ޔުނިޓާއު އެޑިއުކޭޝަން ހަބާއި ޓްރެއިނިން ފެސިލިޓީ އާއި ކުޅިވަރުކުޅެވޭނެ ތަންތަނާއި، މެޑިކަލް ފެސިލިޓީގެ އިތުރުން 700 މީހުންގެ ޖާގައިގެ މިސްކިތަކާއި ކޮމިއުނިޓީ އެންޑް ފެމިލީ އޭރިއާވެސް ހިމެނޭނެ އެވެ.

ހޯޕް އައިލެންޑަށް ގެންދާ ކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ އެވެ. އެތަނުގައި ކުދިންގެ އަޚުލާގު ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކާއި ތަޢުލީމާއި ތަމްރީން ދިނުމާއި އަދި ވަކި އުމުރަކަށް ދިއުމަށް ވަޒީފާގެ ތަޖުރިބާ އާއި ފުރުސަތުތައް ހޯދައި ދޭނެ އެވެ.