މާލޭގެ ގެއެއްގެ ދެ ވަނަ ބުރިން ވެއްޓުނު އަންހެނަކަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ 42 އަހަރުގެ މީހާ ވެއްޓިފައިވާ މައްސަލަރިޕޯޓުކޮށްފައި ވަނީ ފަތިހު 4:00 ޖަހާކަންހާއިރު ކަމަށާއި އެ ހާދިސާ ހިނގާފައި ވަނީ މައްޗަންގޯޅީގެ ގެއެއްގައި ކަމަށެވެ.
ފުލުހުން ބުނީ އަންހެން މީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގައި ކަމަށެވެ. ނަމަވެސް އޭނަ އަށް ލިބުނު އަނިޔާތަކާއި މި ހާދިސާގެ އިތުރު ތަފުސީލެއް ނުދެ އެވެ.
ފުލުހުން އަންނަނީ މިކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.