Last Updated: June 23, 09:50
Monday, June 23, 2025
ޚަބަރު

ޔޯގާ ޑޭއާ ގުޅޭ ޕޯސްޓެއް އެމްބަސީން ދިވެހި ބަހުން

ރާއްޖޭގައި އިއްޔެ ބޭއްވި ޔޯގާ ޑޭ އިވެންޓްގެ ތެރެއިން.

އިއްޔެ ފާހަގަކުރި މި އަހަރުގެ ޔޯގާ ދުވަހާ ގުޅޭ ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ދިވެހި ބަހުން ޕޯސްޓެއްކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ނިއު ދިއްލީގައި ބޭއްވި ޔޯގާ ޑޭގެ އިވެންޓެއްގެ ފޮޓޯތަކަކާ އެކު އެމްބަސީން ބުނީ ބައިނަލްއަޤްވާމީ ޔޯގާ ޑޭ ފާހަގަކުރުމަށް ދިއްލީގެ ނެހްރޫ ޕާކުގައި ޑިޕްލޮމެޓިކް ކޯޕްސްއާއެކު ބައިވެރިވުމަކީ އުފަލެއް ކަމަަށެވެ. އަދި މޯދީ ވިދާޅުވި ފަދައިން، އިއްޔެ ސެޝަނުން ފެނިގެން ދިޔައީ ޔޯގާ އަކީ އުމުރެއް، ގިންތިއެއް ނެތި އެންމެންނަށް ވެސް ބައިވެރިވެވޭ ހަރަކާތެއް ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ.

ޔޯގާ އަކީ އިންޑިއާގެ ހިންދޫން ވަރަށް ބޮޑަށް ޕްރޮމޯޓްކުރާ ކަމެކެވެ.

ނަމަވެސް މިކަމަކީ މުސްލިމުން ފާހަގަކުރަން ނުޖެހޭ އަދި ދީނާ ފުށުއަރާ ކަމެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ. ދެހާސް ބާވީހުގައި ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކުރަން އިންޑިއާ އެމްބަސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި އިވެންޓާ ދެކޮޅަށް ބަޔަކު ނުކުމެފައިވެ އެވެ. އެކަމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގައި، ރާއްޖޭގެ ދީނީ އިލްމުވެރިންތަކަަށް ދައުވާ ވެސް ކުރި އެވެ.

އެގޮތުން ދެ ޝެއިހަކަށް ކުރި ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ މިދިޔަ ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.

އެމްބަސީން ވަނީ ރާއްޖޭގައި ވެސް 500 އަށް ވުރެ ގިނަ މީހުންނާ އެކު ޔޯގާ ޑޭ އިއްޔެ ފާހަގަކޮށްފަ އެވެ. ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ޝަރަފުވެރިކޮށް ދެއްވި އިވެންޓް ބޭއްވީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާގަ އެވެ.

ޔޯގާ އަކީ އިންޑިއާގެ ހިންދޫން ވަރަށް ބޮޑަށް ޕްރޮމޯޓްކުރާ ކަމެކެވެ.

ނަމަވެސް މިކަމަކީ މުސްލިމުން ފާހަގަކުރަން ނުޖެހޭ އަދި ދީނާ ފުށުއަރާ ޝިރުކެއް ކަމެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވެ އެވެ. ދެހާސް ބާވީހުގައި ރާއްޖޭގައި ޔޯގާ ޑޭ ފާހަގަކުރަން އިންޑިއާ އެމްބަސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި އިވެންޓާ ދެކޮޅަށް ބަޔަކު ނުކުމެފައިވެ އެވެ. އެކަމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ވެސް ހިނގައި، ރާއްޖޭގެ ދީނީ އިލްމުވެރިންތަކަަށް ދައުވާ ވެސް ކުރި އެވެ.

އެގޮތުން ދެ ޝެއިހަކަށް ކުރި ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް ބުނެ މިދިޔަ ހަފުތާގައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ދައުވާތައް އަނބުރާ ގެންގޮސްފަ އެވެ.

ނަމަވެސް އިއްޔެ އަނެއްކާ ވެސް ރާއްޖޭގައި ކުލަގަދަކޮށް ޔޯގާ ޑޭ ފާހަގަކުރި އިރު، އެކަން ވެސް މައްސަލައަކަށްވެގެން ދީނީ އެއްވެސް އިލްމުވެރިޔަކު ކަންބޮޑުވުން ފާޅުކޮށްފައި ނުވާ ކަމަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.