ދާދި ފަހުން ޕާކިސްތާނާއި އިންޑިއާ ދެމެދު ހޫނުވި މައްސަލަގަނޑު ފިނިކޮށް ހަމަލާތައް ބަދަލު ކުރުން ހުއްޓުމަކަށް ގެންނަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދާކުރެއްވި ރޯލާ ގުޅިގެން ނޯބެލް އިނާމަށް އޭނަގެ ނަން ހުށަޙަޅަން ވިސްނާފައިވާ ކަމަށް ޕާކިސްތާނުން ބުނެފި އެވެ.
މިކަން އެ ގައުމުގެ ސަރުކާރުން ހިއްސާކޮށްފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓްގައި ބުނީ އެ ގައުމާއި އިންޑިއާގެ މައްސަލަ ފިނިކުރުމުގެ މެދުވެރިޔަކީ ޓްރަމްޕް ކަމަށާއި އެކަމުގެ އަގުވަޒަން ކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ ޓްރަމްޕްގެ ނަން މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓް ކުރަން ވިސްނާ ކަމަށް ބުންޏެވެ.
Government of Pakistan Recommends President Donald J. Trump for 2026 Nobel Peace Prize
The Government of Pakistan has decided to formally recommend President Donald J. Trump for the 2026 Nobel Peace Prize, in recognition of his decisive diplomatic intervention and pivotal…
— Government of Pakistan (@GovtofPakistan) June 20, 2025
ނަމަވެސް އިންޑިއާ އިން ބުނެފައިވާ ގޮތުގައި ދެ ގައުމު ހަނގުރާމައެއްގެ ތުންފަތް މައްޗަށް ވެއްޓުނު ނަމަވެސް، ހަނގުރާމައަކާ ހަމައަށް ނުގޮސް މަސްރަހު ފިނިވީ އެމެރިކާގެ ދައުރެއް އޮވެގެނެއް ނޫނެވެ. އަދި ދެ ގައުމުގެ މެދުގައި އުފެދޭ ނުވަތަނަސްކަން ހައްލު ކުރަން ތިން ވަނަ ފަރާތެއްގެ ދައުރެއް ބޭނުން ނުވާ ކަމަށް ވެސް އިންޑިއާ އިން ބުނެފައިވެ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން އުފެދި ހަނގުރާމައެއްގެ ތުންފަތްމައްޗަށް ވެއްޓުނީ އެޕްރީލް މަހުގެ 22 ގައި ކަޝްމީރުގެ އިންޑިއާ ވީ ފަޅީގެ ޕަހަލްގާމަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާތަކެއްގައި 26 މީހަކު މަރައިލުމާ ގުޅިގެންނެވެ. އެ ހާދިސާ ޕާކިސްތާނުގެ ބޮލުގައި އަޅުވައި، "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި އިންޑިއާ އިން އޮޕަރޭޝަނެއް ފަށައި މިދިޔަ މަހުގެ 8 ވަނަ ދުވަހު ޕާކިސްތާނަށް ހަމަލާތަކެއް ދީފައިވެ އެވެ.
އޭގެ ފަހުން ރައްދުގައި ޕާކިސްތާނުން ދޭން ފެށި ހަމަލާތަލާ އެކު، ދެ ގައުމުން ވެސް ހަމަލާތައް ބަދަލުކޮށް، ދެ ގައުމުން ވެސް ބަޔަކު މަރުވެފައިވެ އެވެ.
— Donald J. Trump (@realDonaldTrump) May 10, 2025
އަދި މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށް މިދިޔަ މަހުގެ 10 ގައި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޓްރަމްޕް ވަނީ ދެ ގައުމުން ހަމަލާތައް ހުއްޓައިލަން އެއްބަސްވީ އެމެރިކާ މެދުވެރިވެގެން ދެ ގައުމާ އެކު ކުރެވުނު މަޝްވަރާތަކުން ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ ނަން ޕާކިސްތާނުން ނޯބެލް އިނާމަށް ހުށަހަޅާ އިރު، ޓްރަމްޕަކި އޭނަ އަށް ނޯބެލްގެ ސުލްހައިގެ އިނާމު ހައްގުވާ ކަމަށް ވިދާޅުވެ ވަކާލަތު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.