އައްޑޫ ހިތަދު އަށް ބޭރުގެ ޓީޓީ ކޯޗަކު އަތުވެއްޖެ އެވެ.
އެ ކޯޗަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ފޮނުވި ކޯޗެކެވެ. އޭނަ މަސައްކަތް ކުރާނީ ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިތަދޫގައި ހިންގަމުން އަންނަ ކޮމިއުނިޓީ ސެންޓަރުގަ އެެވެ.
މިކަމާ ގުޅޭ ގޮތުން އެ ސެންޓަރުން މިއަދު ބުނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ބިދޭސީ ކޯޗްގެ މަސައްކަތް ފަށާނެ ކަމަށާއި ދިގު މުއްދަތުގެ ކޯޗްގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއީ ޓީޓީ އެސޯސިއޭޝަނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން ހިންގާނެ ޕްރޮގްރާމެއް ކަމަށް ވެސް ކޮމިއުނިޓީ ސެންޓަރުން ކަމަށެވެ.
އެހެންވެ ޓީޓީ ކުޅެން ޝައުގުވެރިވާ ވީހާ ވެސް ގިނަ ކުދިން ބައިވެރިވުމަށާއި މިއީ ހިލޭ ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ކަމަަށް ސެންޓަަރުން ބުންޏެވެ.
"މިއީ ޓީޓީ އިން ކުރިއަށް ދާންޗ ރަނުގެ ފުރުސަތެއް." ހިތަދޫ ކޮމިއުނިޓީ ސެންޓަރުން ބުންޏެވެ.