Last Updated: August 21, 21:07
Thursday, August 21, 2025
ޚަބަރު

ޓެގް އަޅުވައި ދޫކުރި މީހުންގެ އަަދަދު 10 އަށް

ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް 10 މީހަކު ޓެގް އަޅުވައި ދޫކޮށްލައިފި އެވެ.

މިއީ ވާނުވާ ބަންދުގައި ތިބެން ޖެހޭ މުއްދަތު ދިގުލައިގެން ދިއުމާއި ޖަލުތަކުގެ ޖާގަ އަށް ކުރިމަތިވެފައިވާ ތާށި ކަމަށް ލުއެއް ގެންނަން ފެށި ކަމެކެވެ.

ދޫކޮށްލާ އިރު އަޅުވާ ޓެގަކީ މި ޓެގަކީ، މީހާ ހަރަކާތްތައް 24 ގަޑިއިރު މޮނިޓަކުރެވޭ ޑިވައިސްއެކެވެ. ޓެގު އެޅުވުމަށް ފަހު ދޫކޮށްލަނީ ކޯޓުން ކަނޑައަޅާ ވަކި ޝަރުތުތަކަށް ރިޢާޔަތްކޮށެވެ. އެގޮތުން މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުޠުތައް ކޮންމެ 100 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅައި، މުރާޖަޢާ ވެސް ކުރާނެ އެވެ.

ޓެގް އަޅުވައިގެން ދޫވާން ދޭން ފެސި ބަންދު ލުޔަށް އެދޭ ފަރާތްތަކުން، ސަބަބާއެކު ޕީޖީ އޮފީހަށް ހުށަހެޅުމުން އެކަން ކުރިއަށް ގެންދެވޭނެ އެވެ.