Last Updated: June 24, 10:31
Tuesday, June 24, 2025
ޚަބަރު

އަނެއްކާ ވެސް އަންހެން ކުދިންގެ ނަމާދު ވޯކްޝޮޕެއް

މިދިޔަ އަހަރު ފޭދޫގައި ބޭއްވި އަންހެން ކުދިންގެ ނަމާދު ވޯކްޝޮޕްގެ ތެރެއިންް. ފޮޓޯ/ މިޝްކާތު ފައުންޑޭޝަން

އަންހެން ކުދިންނަށް ހާއްސަ ނަމާދު ވޯކްޝޮޕެއް އަނެއްކާ ވެސް އައްޑޫގައި ފޭދޫގައި ބާއްވަން ނިންމައިފި އެވެ.

މި ވޯކްޝޮޕް އިންތިޒާމު ކުރަނީ ކުރިން ވެސް މިފަދަ ވޯކްޝޮޕްތަކެއް ހިންގާފައިވާ ފޭދޫ މިޝްކާތު ފައުންޑޭޝަނުންނެވެ.

މި މަހުގެ 26 ވަނަ ދުވަހު ފޭދޫ ސްކޫލްގައި ބާއްވަން ހަމަޖެހިފައިވާ ނަމާދު ވޯކްޝޮޕް ހާއްސަކޮށްފައި ވަނީ އުމުރުން 11-13 އަހަރާ ދެމެދުގެ އަންހެން ކުދިންނަށެވެ.

ވޯކްޝޮޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ 30 ބައިވެރިންނާ އެކީގަ އެވެ. އެހެންވެ ވީހާ ވެސް އަވަހަކަށް ރަޖިސްޓްރީކުރަން މިޝްކާތު ފައުންޑޭޝަނުން އެދެ އެވެ.

މިޝްކާތު ފައުންޑޭޝަނާއި ރަބީއުލް ގްލޫބް ފައުންޑޭޝަނުން ފޭދޫ އަވަށު އޮފީހާއި ފޭދޫ ސްކޫލާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު އަންހެން ކުދިންނަށް ބޭއްވި ނަމާދު ވޯކްޝޮޕް ހާއްސަކުރީ އުމުރުން 7-13 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެ ފަހަރު ވެސް ވޯކްޝޮޕް ބޭއްވީ 30 ކުދިންނާ އެކީގަ އެވެ.