"ޙާޖީ އެމްވީ" ގެ ނަމުގައި ޙައްޖާއި ޢުމްރާގެ މައުލޫމާތު ފޯރުކޮށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ޚާއްޞަ އެޕެއް ލޯންޗްކޮށްފި އެވެ.
މި އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެކެވެ. މީގެ އިތުރުން ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ އިތުރުން މައްކާއާއި މަދީނާގެ އިސްލާމީ ތާރީޚާ ބެހޭ ވީޑިއޯ ވެސް އެޕުން ބެލެން ހުންނާނެ އެވެ.
މިނިސްޓްރީން ބުނީ މިއަދު ލޯންޗްކުރީ އެޕްގެ ފުރަތަމަ ވާޝަން ކަަމަށެވެ. އަދި އެޕް އިތުރަށް ތަރައްޤީކުރެވިގެން ދާނެ ކަމަށް ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަމާޒަކީ ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަކޮށް ދިނުް ކަމަށެވެ.
އެގޮތުން އެޕްގައި ހިމެނޭ ހުރިހާ މައުލޫމާތަކީ މިނިސްޓްރީން ފާސްކޮށްފައިވާ މައުލޫމާތުތަކެއް ކަމަށާއި މި އެޕްގެ ސަބަބުން ދުއާ ފޮތްތަކާއި ހައްޖާއި އުމްރާއާ ބެހޭ ފޮތްތަކާ ނުލައި، ފޯން އެކަނި މިނިސްޓްރީއާ ގުޅޭ މައުލޫމާތު ޙާޞިލްކުރެވޭ ކަމަށެވެ.
"ހާޖީ އެމްވީ" ގޫގުލްޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.