Last Updated: June 7, 18:41
Sunday, June 7, 2026
ޚަބަރު

ރިޔާސީ އިންތިބާހުގައި ސޯލިހު ވާދަކުރައްވާނެ

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާދަކުރައްވަން ނިންމަވައިފި އެވެ.

އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ރައީސްކަން ކުރެއވްި ސޯލިހުގެ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަ އިއުލާން ކުރެއްވީ، އެމަނިކުފާނަށް ތާއީދުކުރައްވާ ޓީމާއެކުގައި މާލޭގައި އިއްޔެ ބޭއްވި ކެއުމެއްގައި، އެ މަނިކުފާނާ އެކު އެންމެ ގާތުން މިހާރު މަސައްކަތް ކުރަައްވާ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

އެކެއުމުގައި ބައިވެރިވެ، ސޯލިހުގެ ނިންމެވުމަށް ތާއިދުކުރާކަން ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވަ އެވެ.

ސޯލިހް 2023 ގެ އިންތިހާބުގައި ވެސް ވާދަކުރެއްވި އެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނި ވާދަކުރައްވަން ނިންމެވިއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރައްވާދައިވެ އެވެ.

އަދި މިރޭ އަލުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ އިރު، އެ މަނިކުފާނު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ. ނަޝީދަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސެވެ. ނަމަވެސް 2008 ގައި އިންތިހާބުވެވަޑައިގަތުމަށް ފަހު، ދައުރު ފުރިހަމަ ނުކުރައްވައި ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވި އެވެ.