އައްޑޫ ފޭދޫގެ މިސްކިތްތަކުގެ ގޯތިތެރެ ޒީނަތްތެރި ކުރަން ހައްދަމުން އަންނަ ބަގީޗާ ގަސްތައް ވަގަށް ނަގާ މައްސަލަ ބޮޑުވެއްޖެ އެވެ.
މިކަން ބޮޑުވެގެން އަވަށު އޮފީހުން އާންމުންގެ ސަމާލު ކަމަށް މިކަން ގެނެސް، މިސްކިތްތަކުގައި ވެސް ނޯޓިސް ޖަހާފައިވާ އިރު، އޭގައި ބުނީ ގަސްތައް ވަގަށް ވަގާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެފަދަ އަމަލުތައް ހިންގާ މީހުން އެކަން ހުއްޓާލަން އެދިފައިވެ އެވެ.
ފޭދޫގެ މިސްކިތްތަކުގެ ގޯތިތެރެ ސާފުކޮށް ރީތިކޮށް، މިސްކިތްތަކުގެ ގޯތިތެރޭގައި ބަގީޗާ ގަސްތައް ހެއްދުމަކީ މިހާރު ވަރަށް ބޮޑަށް އިސްކަން ދެމުން އަންނަ ކަމެކެވެ.
އައްޑޫގެ ހުރިހާ އަވަށެއްގެ މިސްކިތްތަކެއްގެ ތެރޭގައި ވެސް ބަގީޗާތައް ގަސްތައް ހުރެ އެވެ. އެގޮތުން ތަފާތު ވައްތަރުގެ މާ އަޅާ ގަސް ޕޮޓްތައް ވަރަށް ގިނަ މިސްކިތްތަކުގެ ގޯތިތެރޭގައި ބަހައްޓާފައި ހުރެ އެވެ.