Last Updated: June 25, 09:44
Wednesday, June 25, 2025
ޚަބަރު

އަލަށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި

ރާއްޖޭގައި އަލަށްށް މެޓަބޮލިކް ސެންޓަރެއް ހުޅުވައިފި އެވެ.

ލިލީ މަގުގައި އިއްޔެ ހުޅުވި އެތަނަކީ މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ހުޅުވި ސެންޓަރެކެވެ. ސެންޓަރު ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމެވެ.

މެޓަބޮލިކް ސެންޓަރުން މެޓަބޮލިކް ޑިސްއޯޑާތައް ކަމަށްވާ ހަކުރުބައްޔާއި ކޮލެސްޓްރޯލް ނުވަތަ ލޭގެ ޕްރެޝަރު މައްޗަށް ދިއުން ފަދަ ބައްޔެއް ހުރި ނަމަ އެކަން މޮނިޓާކޮށް، ޓެސްޓުކޮށް އެކަމަށް ފަރުވާކޮށް ދޭނެ އެވެ.

މެޓަބޮލިކް ސެންޓަރުގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. މުޙައްމަދު ވިޝާމް ވިދާޅުވީ ޑަޔަބެޓިކްސް އެންޑް މެޓަބޮލިކް ޑިސްއޯޑަ ސެންޓަރެއް ހުޅުވަން ނިންމީ ރާއްޖޭގެ ގިނަ ހެލްތު ސެންޓަރުތަކުގައާއި ހޮސްޕިޓަލްތަކުގައި ދެވޭ ފަރުވާ ހޮލިސްޓިކް އެޕްރޯޗްއަކަށް ނުހުންނާތީ ކަމަށެވެ.