Last Updated: June 25, 09:29
Wednesday, June 25, 2025
ޚަބަރު

އެޑިއުކޭޝަނަށް ސުޕްރިންޓެންޑެންޓެއް

އެޑިއުކޭޝަން މިނިސްޓްރީ އަށް ސުޕްރިންޓެންޑެންޓަކު އައްޔަންކޮށްފި އެވެ.

އެ މިނިސްޓްރީގެ ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުން މަސައްކަތް ކުރައްވާ ގޮތަށް އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަންކުރީ އިސްމާއިލް ސައުދުﷲ އެވެ.

ފުވައްމުލަކަށް ނިސްބަތްބާ ސައުދުﷲ އެންމެ ފަހުން ހުންނެވީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަގާމުގަ އެވެ. އޭނަ އަކީ ކުރިން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ.

އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓް މަގާމުގެ އަސާސީ މުސާރައަކީ 19،278ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 11،041ރ. ލިބޭ އިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކު 299ރ. އަދި ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި 6،000ރ. ލިބޭނެ އެވެ.

އެޑިއުކޭޝަނަށް ސުޕްރިންޓެންޑެންޓަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 27 ގަ އެވެ.