ބޮޑު ކާސްޓެއް ހިމެނޭ ގޭންގްސްޓާ ފިލްމް "ޝޫޓް އައުޓްް އެޓް ވަޑާލާ" ގެ ފުރަތަމަ ޓްރެއިލާ އާންމުކޮށްފި އެވެ.
އެކްތާ ކަޕޫރުގެ ބަލާޖީ މޯޝަން ފިކްޗާޒް އާއި ވައިޓް ފެދާ ފިލްމްސް އިން ޕްރޮޑިއުސްކޮށް، ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ "ޝޫޓް އައުޓް އެޓް ވަޑާލާ" ގެ ތަރިންގެ ތެރޭގައި ޖޯން އަބްރަހަމް، އަނިލް ކަޕޫރު، ތުޝާރް ކަޕޫރު، ސޯނޫ ސޫދް އަދި ކަންގަނާ ރަނާވަތު ހިމެނެ އެވެ. މީގެ އިތުރުން ރޯނިތު ރޯއި، ސިދާތު ކަޕޫރު، މަނޯޖް ބަޖްޕާއީ އަދި މަހޭޝް މަންޖްރޭކަރު ފަދަ ތަރިން ހިމެނެ އެވެ.
މެއި މަހުގެ 1 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ޝޫޓް އައުޓް އެޓް ވަޑާލާ" އަކީ ސަންޖޭ ގުޕްތާ 2007
ވަނަ އަހަރު ގެނެސް ދިން ފިލްމް "ޝޫޓް އައުޓް އެޓް ލޯކަންދްވާލާ" ގެ ޕްރީކްއެލްއެކެވެ.
މި ފިލްމްގެ ވާހަކަ ބިނާކޮށްފައި ވަނީ މުމްބާއީގެ ގޭންގްސްޓާ މަނިޔޭ ސްރްވޭ މަރާލުމަށް މުމްބާއީގެ ފުުލުހުން 1982 ގައި ހިނގި އޮޕަރޭޝަނުގެ މައްޗަށެވެ. މަނިޔޭގެ ރޯލް އަދާކޮށްފައި ވަނީ ޖޯން އަބްރަހަމް އެވެ.
އެގޮތުން "ޝޫޓް އައުޓް އެޓް ވަޑާލާ" އަކީ ހުސައިން ޒައިދީ ލިޔެފައިވާ "ޑޮންގްރީ ޓް ޑުބާއީ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ.