Last Updated: June 25, 07:17
Wednesday, June 25, 2025
ޚަބަރު

ސްކޫލް ނިންމާ ގްރޭޑަކީ އޭ ލެވެލް އަށް ހަދަނީ

ސްކޫލް ނިންމާ ގްރޭޑަކީ އޭ ލެވެލް ކަމަށް ކަނޑައަޅާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

'މަތީ އަރުތަވެރިންގެ އިނާމު' ގެ ރޭފެ ދަންފަޅީގައި އޭނަ ވިދާޅުވީ އޭ ލެވެލް އަށް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން އޭލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ އަހަރު އަތޮޅުތަކުގެ ސަރުކާރު 23 ސްކޫލެއްގައި ފެށި ޕައިލެޓް ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގައި އޭ ލެވެލް ކިޔަވަން ފެށި ދަރިވަރުންގެ އަދަދު މިހާރު 38 ޕަސެންޓު އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ މި އަހަރު އޯލެވެލް ނިންމި ކުދިންނަށް މާލެ ސްކޫލުތަކުގައި ވެސް އެ ޕްރޮޖެކްޓު ފަށަން ނިންމާފައިވާ ކަމަށާއި، އެކަމަށް މާލެ ސްކޫލުތަކުގައި ޖާގަ ވެސް ހުރި ކަމަށެވެ.

"އަދިވެސް ގިނަ އަދަދެއްގެ ދަރިވަރުން އޭލެވެލް ތައުލީމުން އެބަ މަހުރޫމުވޭ. އަޅުގަނޑުމެން މަސައްކަތް ކުރާނީ ވީހާވެ ސް ގިނަ ދަރިވަރުން ބާކީ ކުރުމުގެ ސަގާފަތް ނައްތާލައި، ރާއްޖޭގައި އޭލެވެލް އެއީ ސްކޫލު ނިންމައި މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ކަނޑައެޅިގެން ދިޔުމަކީ ރާއްޖޭގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން." މިނިސްޓަރު ވިދާޅުވި އެވެ.

އޭ ލެވެލް ކިޔަވާ ކުދިންގެ އަދަދު އިތުރު ކުރުމުގެ ގތުން މި ސަރުކާރުން ވަނީ އޯ ލެވެލްގެ ތިން މާއްދާއިން ނުވަތަ އެއް މާއްދާއިން ފާސްވާ ކުދިންނަށް ވެސްއެ ފުރުސަތު ދޭން ފަށައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ޔުނިވާސިޓީތަކަށް ވަދެވޭ ވަރަށް އޭ ލެވެލްއިން ފާސްވި ކުދިންގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ 106 ދަރިވަރުން އިތުރު ކަމަށެވެ.