ދުވާލެއްގެ މައްޗަށް 1،000 ޓަނުގެ ފެން އުފެއްދޭ ވަރުގެ އާރްއޯ ޕްލާންޓެއް މާލޭގައި ބަހައްޓައިފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ބެހެއްޓި އާރްއޯ ޕްލާންޓާއެކު މިހާރު މާލޭގައި ދުވާލެއްގެ މައްޗަށް ޖުމްލަ 28،000 ޓަނުގެ ފެން އުފެއްދޭނެ ކަމަށެވެ.
މާލެ ސަރަހައްދުގެ ފެން ރައްކާ ކުރުމާއި އުފެއްދުމުގެ ގާބިލުކަން އިތުރު ކުރުމަށް ސަރުކާރުން ވަނީ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. އެގޮތުން ސިނަމާލެ ބްރިޖް މެދުވެރިކޮށް މާލެ-ހުޅުމާލޭ ފެނުގެ ވިއުގައަކުން ގުޅާޅުން ހިމެނެއެވެ. ފެން ކުންފުނިން ބުނެފައިވާ ގޮތުގައި އެ މަސައްކަތް ވަރަށް އަވަހަށް ނިންމައިލެވޭނެ އެވެ.
މާލެ އާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގު މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން، މި އަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ 26 ޕަސެންޓް އަދި ފެން ރައްކާކުރެވޭ މިންވަރު 28 ޕަސެންޓަށް ތުރުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.