މިއަދުހ ހުޅުމާލޭގ ވިނަރެސް ފްލެޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނުގައި ހަތަރު މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމް ހަމަޖައްސައި ދީފި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަން އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައި ކަމަށެވެ. އެހެންވެ އެ އެޕާޓްމަންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިތުރަށް ދެ މީހަކަށް އަންނައުނު ފޯރުކޮށް ދީފައިވާ ކަމަށެވެ.
މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގީ ވިނަރެސްގެ ނުވަ ވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގެ މައުލޫމާތު ހެނދުނު 07:41 އެހާކަށްހާ ލިބުމާއެކު ހުޅުމާލޭ ފަޔަ ސްޓޭޝަނުން ހަރަކާތްތެރިވެ، ގިނަ އިރުތަކެއް ނުވަނީސް ރޯވި އަލިފާން ނިއްވާފައިވެ އެވެ. އަލިފާން ރޯވެފައި ވަނީ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ އެނދުގައި އަޅާފައި އޮތް ގޮދަޑިއެއްގަ އެވެ.
ނަމަވެސް ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.