ހުޅުމާލޭގައި ތަރައްގީކުރަން ފެށީ ކޭ-ޕާކް ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި އެވެ.
މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ހާމަކުރެއްވި ގޮތުގައި މަމްދޫހު ބަލިވެގެން ކަމަށް ބުނެ ޝަރީއަތަށް ހާޒިރުވާން ބަހަނާ ދެއްކި އިރު، އޭނާ ބޭރުން ވެސް ފެނިފައިވެ އެވެ. މަންޑޭ ހުށަހެޅި މެޑިކަލް ސެޓްފިކެޓްތަކުގައި ވެސް ކޯޓަށް ހާޒިރުނު ވެވޭވަރުގެ ބައްޔެއް ވި ކަމަށް ބެލެވެން ނެތް ކަމަށާއި ގިނަ އަޑުއެހުންތަކަށް އެއްވެސް ސަބަބެއް ނެތި ހާޒިރުނުވުމާ ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހަދައި އަމިއްލަ މަންޑޭ އަށް ބޮޑު މުއްސަނދި ކަމެއް ހޯދާފައިވެ އެވެ.