އަރަބި ބަސް ދަސްކޮށްދޭ ކޯހެއްގއި ބައިވެރިވާން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފި އެވެ.
އެތަނުން ބުނީ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ.
އެގޮތުން "އަހަރެން ވެސް ޢަރަބި ކިޔަވާނަން" ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ޖާގަ ދޭން ހަމަޖެހިފައި ވަނީ 30 މީހަކަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މާލޭގެ ސަލްމާން މިސްކިތުގަ އެވެ.