ރާއްޖޭގެ ޚާއްޞަ އިޤުތިސާދީ ސަރަހައްދުގެ ތެރޭގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ސްރީ ލަންކާގެ ދެ މަސްބޯޓެއް އަތުލައިގެންފި އެވެ.
އެ ދެ މަސްބޯޓް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ރާއްޖޭގެ ޚާއްޞަ އިޤުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މަސްބޯޓްތަކާ މެދު މެދު ޤާނޫނުގައިވާ ގޮތުގެމަތިން ޢަމަލުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކުރުމަށްޓަކައި މިހާރުމާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މީގެ ކުރިން ވެސްް އެތައް ފަހަރެއްގެ މަތިން ރާއްޖެ ސަރަހައްދުން ބޭރުގެ އެތައް މަސްބޯޓެއް އަތުލައިގެންފަ އެވެ.