Last Updated: June 25, 11:28
Wednesday, June 25, 2025
މުނިފޫހިފިލުވުން

'މޫސުން' އައުމުގެ މަގުމަތީގައި

ފުލުފުލުގައި މީޑިއާނެޓަށް ވެބް ސީރީޒްތަކެއް ގެނެސްދެމުން އަންނަ ޑާކް ރެއިން އެންޓަޓައިމަންޓުން "މޫސުން" ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

ވަރަށް އަވަހަށް މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމް، އެމްއެސް ވީޑިިއޯކުލަށް ދޫކޮށްލަން ހަމަޖެހިފައިވާ މި ސީރީޒްގެ ޓައިޓްލް ލޯގޯ ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.

"މޫސުން" އަކީ އެހާރާއި މިހާރުގެ ހާދިސާތަކެއް ދައްކުވައި ދޭނެ އަސަރުގަދަ ވާހަކައެއް ކިޔައިދޭނެ ސީރީޒެކެވެ. އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ސީރީޒަކީ މީޑިއާނެޓުން އިއްޔެ ނިންމައިލި 10 އެޕިސޯޑްގެ ސީރީޒް "ފެށުމާއި ނިމުން" ގެ ވެސް ޑައިރެކްޓަރެވެ. "މޫސުން" އަކީ "ފެށުމާއި ނިމުން" ގެ ކުރިން މީޑިއާނެޓަށް ޑާކް ރެއިނުން ގެނައި "ރޯލީމޭ" ގެ ވެސް ސްކްރީންޕްލޭ ލިޔުނު ޝަހުދާ މަހުމޫދުގެ ސްކްރިޕްޓަކަށް ހަދާ 10 އެޕިސޯޑްގެ ސީރީޒެކެވެ.

ބޮޑު ކާސްޓެއް ފެންނާނެ "މޫސުން" ގެ ތަރިންގެ ތެރޭގައި އައިޝާ އަލީ، މުހައްމަދު މަނިކު، ރަޒާން ރާމިޒު، މުހައްމަދު މަޒީން، ހުސައިން ސާމީ، އައިމިނަތު ޝުހާ، އަލީ ޝަޒްލީމް އަދި އައިޝަތު ގުލްފާގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) ހިމެނެ އެވެ.

"މޫސުން" ޕްރީމިއާކުރާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޑާކް ރެއިނުން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައި އޮތް ފީޗާ ފިލްމަކީ އޮކްޓޯބަރު 6 އަށް ތާވަލުކޮށްފައި އޮތް އެކްޝަން ތުރިލާ "އަލިފާން" އެވެ. އެ ސްޓޫޑިއޯގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހޮރޯ-ކޮމެޑީ "ބިބީ" އެވެ.