ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާއާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަކުރި ކަންކަން ތަންފީޒު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
އެ ރިޕޯޓް މި މަހުގެ 17 އާންމު ވެސް ކޮށްފައުވާ އިރު، އޭގައި ފުލުހުންނާ ގުޅޭގޮތުން ފާހަގަކުރި ކަންކަން ދެވަނަ ފަހަރަށް ތަކުރާރު ނުވެދިނުމަށް ރައީސް ވަނީ ފުލުހުންގެ އެސްއޯޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، ޔުމްނު ވެއްޓުނު ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާ މެދު އިސްލާހީ ފިޔަވަޅު އެޅުމަށް އެދިވަޑައިގެންގަ ވެ.
އޭޕްރިލް 18، ގައި ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ބުރިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްގެ ބޭބެ ދާއޫދު އަހުމަދު ފުލުހުންނަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރި މައްސަލަ ބެލުމަށް ރައީސް ވެސް ވަނީ އަންގަވައިފަ އެވެ.
ޔުމްނު އެހީތެރިކަމަށް ބޭނުންވެފައި އޮތް ވަގުތު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް އެހީތެރިކަން ފޯރުކޮށް ދީފައި ނުވުމާއި ދީފައި އޭނަގެ ބޭބެ އަހުމަދު ދާއޫދުށް ވެސް އެކަން އެނގިހުރެ ކަމާ ބެހޭ ފަރާތްތަކަށް ނޭންގުމުގެ މައްސަލަ ވެސް ފުލުހުން ބެލުމަށް އަންގާފައިވެ އެވެ.
ރައީސް ވަނީ ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން އައިޖީއެމްއެޗާއި އެ ހޮސްޕިޓަލުގައި ހުންނަ އެފްޕީޔޫގެ އިދާރީ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ހެލްތު މިނިސްޓްރީ އަށް ވެސް އަންގައިފަ އެވެ.