Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އޭއީއެޗްގެ ކެތު ލެބްގެ ހިދުމަތް ހަތަރު މަސްތެރޭ ފެށޭނެ

އައްޑޫ އިކްްއެޓޯރިއަލް ހޮސްޕިޓަލް (އެއީއެޗް) ގެ ކެތު ލެބުގެ ޚިދުމަތް ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ އެ ތަނުގެ ހިދުމަތް ނުފެށި ލަސްވަމުންދާ ސަބަބު ސާފުކޮށް ދިނުމަށް އެދިވަޑައިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު އަޒާން ލިޔުމުން ޖަވާބު ހޯއްދެވުމަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އޭގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކެތު ލެބު ގާއިމުކުރި އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް އިންސްޓޯލް ކުރުމާ ގުޅުންހުރި މަސައްކަތްތަކުގެ 98 މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ކެތުލެބު ފުރިހަމަ ކުރުމަށް ގޮތުން އެތަން ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު އިއުލާންކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެވި އެވެ.

ކެތު ހިންގާނެ ބަޔަކު ހޯދަން ނިންމައި އެކަމަށް ހުޅުވައިލީ މި މަހުގެ ކުރީކޮޅު އެވެ. އެގޮތުން ފަސް އަހަރުގެ މުއްދަތަށް އެތަން ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 29 އާ ހަމައަށެވެ.

މިނިސްޓަރު ނާޒިމު ވިދާޅުވީ ކެތު ލެބު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދައި އެ ފަރާތަކާ ކެތުލެބު ހިންގުމުގެ ކަންކަން ހަވާލުކުރެވޭނެ ކަމަށާއި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އޭއީއެޗްގެ ކެތު ލެބްގެ މަސައްކަތް ނިންމައިލީ 2023 ގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެތަނުން ކޮރޮނަރީ އެންޖިއޯގްރަފީ އާއި އިންވޭސިވް އަދި ނޮން-އިންވޭސިވް ފަރުވާތައް ދެވޭނެ ކަމަށް ބުނެފައިވެ އެވެ.