Last Updated: June 25, 10:20
Wednesday, June 25, 2025
ދުނިޔެ

އިރާނާއި އިޒްރޭލުން ހަނގުރާމަ ހުއްޓާލަން އެއްބަސް

ހަމަލާތަކެއް ބަދަލުކުރާތާ 12 ވަރަކަށް ދުވަސް ފަހުން އިރާނާއި އިޒްރޭލުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ ރިޕޯޓްތައް ބުނެފި އެވެ.

އިޒްރޭލުން އިރާނަށް މި މަހުގެ 13 ގައި ދިން ހަމަލާތަކެއްގެ ރައްދުގައި އިރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފެށުމާ އެކު، ހަމަލާތައް އިތުރަށް ވަރުގަދަވެ، ބަދަލު ކުރި ހަމަލާތަކުގައި ދެ ގައުމަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. މިކަމުގެ ތެރެއަށް އެމެރިކާ ވަދެ، މީގެ ދެ ދުވަސް ކުރިން އިރާންގެ ނިއުކްލިއާ ތިން ސައިޓަކަށް ވެސް ބޮން އަޅައި ގެއްލުންތަކެއް ދީފައިވެ އެވެ.

ގެ ގައުމުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައި އިރު، އިރާންގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސްގެ ޕޯސްޓެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އަދި ނެތް ކަމަށާއި އެކަމާ ގުޅޭ ގޮތުން ނިންމާ ގޮތެއް އިއުލާން ކުރައްވާނެ ކަމަށް މިއަދު ވިދާޅުވެފައިވެ އެވެ.

އޭގެ ރައްދުގައި އިރާނުން ރޭގެ ވަގުތެއްގައި ގަތަރުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަކަށް ވެސް ހަމަލާތަކެއް ދީފައިވެ އެެވެ. މިކަމާ ގުޅިގެން އެ މެދުއިރުމަތީގެ ދަތުފަތުރުތަކަށް ވެސް ބުރޫއަރާފައިވެ އެވެ.

އީރާނާއި އިޒްރޭލުގެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އޮތީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.