ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންނަހެނުންގެ ދައުރާއި އިސްނެގުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި އެކަމަށް ސަރުކާރުން ވެސް ވަރަށް ބޮޑު ސަމާލު ކަމެއް ދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ވުމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅުވައިގެން ރައީސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސް ރާއްޖޭގައި ފާހަގަކުރުމަކީ އުފާ ވެސް ކުރައްވާ ކަމެއްކަމަށެވެ. އަދި، އެކުވެރި ދައުލަތްތަކުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަސައްކަތް ފެށި އިރު، ރާއްޖެއަކީ މިކަަމަށް އެންމެ ބޮޑަށް ވަކާލާތުކުރި ޤައުމު ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޚާރިޖީ ސިޔާސަތު ބައްޓަންކޮށް، ތަންފީޒުކުރުމުގައި އަންހެނުންގެ ދައުރު އިތުރަށް ފާހަގަވާން ޖެހޭ ކަމަށާއި، ޑިޕްލޮމަސީގައި މިންހަަމަވުމަށް ރާއްޖެއިން ވަކާލާތު ވެސް ކުރައްވާނެ ކަމަށެވެ.
"މިފަދަ ދުވަހެއް ފާހަގަކުރުމަކީ ޚާރިޖީ ގުޅުންތައް ފުޅާކުރުމުގައި ކަނބަލުންގެ ދައުރު ފާހަގަކޮށް، މިފަދަ ދާއިރާތަކުގައި އަންހެންކަނބަލުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ލިބިގެންދާ ހިތްވަރެއް،" ރައީސް ވިދާޅުވި އެވެ. "ރާއްޖެއިން މިންތީގެ ފަރަގު ނައްތާލުމަށް އަބަދުވެސް ވަކާލާތު ކުރަމުން ގެންދާނެ. މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރު ލިބި، އެފަދަ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރެވޭނެ."