Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

ފުލުހުންގެ ހިދުމަތާ އިތުރު 133 މީހަކު ގުޅިއްޖެ

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އާ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޒީ ޢަބްދުލް ނާސިރު ޝަފީގެވެ.

އެ ރަސްމިއްޔާތުގައި، ހެޑް އޮފް ވޯކްފޯސް ޕްލޭނިން އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ހުސައިން ޝަރީފާއި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިލްޔާސް މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.

އަލަށް ހުވާކޮށްފައި ވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހެކެވެ. އެއީ އަންހެން 34 ފުލުހުންނާއި 99 ފިރިހެން ފުލުހުންނެވެ.

ހުވާކުރުމަށް ފަހު އެ ފުލުހުން ހުވާގެ އިގުރާރުގައި އެ މީހުން ސޮއިކުރި އެވެ.