Last Updated: June 26, 09:40
Thursday, June 26, 2025
ޚަބަރު

ޚާފިޒުންގެ އެލަވަންސް ދެގުނަ ބޮޑުކުރަން ނިންމައިފި

ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ދޭ އެލަވަންސް އަންނަ މަހުން ފެށިގެން ދެގުނައަށް ބޮޑުކުރަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން އިއުލާން ކުރެއްވީ ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. އޭގައި އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް ދެގުނައަށް ބޮޑުކުރަން މި ހުފްތާގައި އޮތް ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

"ޙާފިޒުން ތަމްރީނު ކުރުމާއި ޙާފިޒުންނަށް ދޭ އަހައްމިއްޔަތުކަން އިތުރު ކުރުމަކީ ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމުގައި ނުހަނު މުހިއްމު ކަމެއް." ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޖުލައި 16 ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވެސް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް އިސްލާމިކް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.