ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ދެ މެންބަރެއްގެ މަގާމު ހުސްވާތީ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ އަންނަ މަހުގެ 9 އާ ހަމައަށެވެ.
ރައީސް އޮފީހުން ބުނީ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ. އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމުގެ ދައުރު އަންނަ ސެޕްޓެމްބަރު 8، ގައި ހަމަވަނީ އެ ކޮމިޝަނުގެ ނައިބުރައީސް މޫމިިނާ ވަހީދާއި އާމިނަތު ޝިފާތު އަބްދުއް ރައްޒާގުގެ އެވެ.