Last Updated: June 26, 09:06
Thursday, June 26, 2025
ޚަބަރު

އޭޝިއާގެ ޕާލިމަންޓޭރިއަނުންގެ ބައްދަލުވުން ރާއްޖޭގައި

އޭޝިއާ ޕާލަމެންޓޭރިއަނުންގެ އާބާދީ އާއި ތަރައްޤީއާ ބެހޭ ފޯރަމްގެ ޒުވާނުން ބިނާކުރުމާ ބެހޭ ހިންގާ ކޮމިޓީގެ ސަރަހައްދީ ބައްދަލުވުމުގެ ޖަލްސާ ރާއްޖޭގައި މިއަދު ފަށައިފި ވެ.

އެ ޖަލްސާ އިފްތިތާޙުކޮށް ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޒިމެވެ.

އޭނަ ވިދާޅުވީ އާބާދީއަށް އަންނަމުންދާ ހަލުވި ބަދަލުތަކާ ކުރިމަތިލުމަށް، އަންހެނުންނާއި ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލަންޖެހޭ ކަމަށެވެ. އަދި 2014 ގެ ބޯހިމެނުމާ ހަވާލާ ދެއްވަމުން ރާއްޖޭގެ އާބާދީ ތަރައްޤީވަމުން އަންނަ ގޮތުގެ ތަޞައްވަރެއް ހުށަހަޅުއްވައި ދެއްވި އެވެ.

ރާއްޖޭގެ އާބާދީ، 2054 ވަނަ އަހަރުގެ ނިޔަލަށް އެއް މިލިއަނާ ގާތްކުރާނެކަމަށް ލަފާކުރެވޭއިރު، އާބާދީގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭނީ މާލެ ސަރަހައްދުގަ އެވެ. އަދި، އާބާދީގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ހަރުދަނާ ޞިއްޙީ ފަރުވާއާއި، ނަފްސާނީ ޞިއްޙަތަށް ސަމާލުކަން ދިނުމާއި، މިންތީގެ ހަމަހަމަކަމާ ގުޅޭ ސިޔާސަތުތަކެއް އެކަށައެޅުމުގެ ބޭނުންތެރިކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ.

ރާއްޖެއިން އިންތިޒާމުކުރާ ދެކުނު އޭޝިއާ ސަރަހައްދުގެ އަންހެނުން ބާރުވެރިކޮށް ޒުވާނުން ކުރިމަގަށް ތައްޔާރު ކުރުމާ ބެހޭ ސަބް ރީޖަނަލް ޕާލަމެންޓްރީ ބައްދަލުވުން މިއަދު އިފުތިހާކުތީ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގަ އެވެ.